سورة التكاثر

ދިވެހި

سورة التكاثر - عدد الآيات 8

أَلْهَىٰكُمُ ٱلتَّكَاثُرُ ١

(މުދަލާއި ދަރިން (ގިނަކަމަށް އެކަކުއަނެކަކަށް فخر ވެރިވެ އުޅުން، ތިޔަބައިމީހުން (اللَّه ގެ މަތިން ހަނދުމަނެއްތައި (مشغول ކޮށްފިއެވެ.

حَتَّىٰ زُرْتُمُ ٱلْمَقَابِرَ ٢

ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ. (އެބަހީ: މަރުވެއްޖައުމަށް ދާނދެނެވެ. (

كَلَّا سَوْفَ تَعْلَمُونَ ٣

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

ثُمَّ كَلَّا سَوْفَ تَعْلَمُونَ ٤

ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.

كَلَّا لَوْ تَعْلَمُونَ عِلْمَ ٱلْيَقِينِ ٥

ހަމަހިލާ އެހެންނަކުން ނުވާނެއެވެ. يقين ކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.

لَتَرَوُنَّ ٱلْجَحِيمَ ٦

ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.

ثُمَّ لَتَرَوُنَّهَا عَيْنَ ٱلْيَقِينِ ٧

ދެންހަމަ يقين ކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.

ثُمَّ لَتُسْـَٔلُنَّ يَوْمَئِذٍ عَنِ ٱلنَّعِيمِ ٨

ދެން އެދުވަހުން ހަމަކަށަވަރުން (ދުނިޔޭގައި ތިޔަބައިމީހުންނަށް ލިބުނު) نعمة ތަކާމެދު ތިޔަބައިމީހުންނާ سؤال ކުރައްވާނެކަން ކަށަވަރެވެ.